ޕިކަޕެއްގެ ދަށުވެ، ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މީހަކު މަސައްކަތް ކުރަން އޮއްވައި، އެ ޕިކަޕް އޭނާގެ ގައިމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:05 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.