ހުޅުމާހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތް މިއަދު އަލުން ފަށައިފި އެވެ.
މިއަދު ހެނދުނު 11:00 އިން ފެށިގެން އެ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް ވަނީ އަލުން ފަށައިފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ހުންނަ އެ ހޮސްޕިޓަލުގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް މިއަދު ބަދަލުކުރި އެވެ.
އޯޕީޑީ ވަގުތީ ގޮތުން ކްލިނިކަށް ބަދަލުކުރުން ފިޔަވައި، އެ ހޮސްޕިޓަލުގެ އިތުރު އެއްވެސް ހިދުމަތެއް ދިނުމަށް ދައްޗެއް ނުވެ އެވެ. އެ ހުރިހާ ހިދުމަތެއް ދިނީ ހޮސްޕިޓަލުންނެވެ.