ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 25 ޖޫން 2025 18:45
ފުލުހަކު މާލޭގެ ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާސާ
ފުލުހަކު މާލޭގެ ޓްރެފިކް ބަލަހައްޓަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

އޭނާ ހައްޔަރުކުރީ އެ ވަގުތު ޑިއުޓީގައި ހުރި އަންހެން ފުލުހެއްގެ ގައިގައި ދަތްއެޅުމުން.

މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވ. ހަފޮޅު, ފާތިމަތު, 44 އެވެ.

ފުލުހުން ބުނީ އޭނާ އެ ވަގުތު ޑިއުޓީގައި ހުރި އަންހެން ފުލުހެއްގެ ގައިގައި ދަތްއެޅި މައްސަލައާ ގުޅިގެން ހައްްޔަރުކޮށްފައިވާ ކަަމަށެވެ.

އޭނާގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%