ހުކުރު ދުވަސްތަކުގެ ހެނދުނު މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވީ މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ކޮންމެ ހުކުރު ދުވަހެއްގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތް ހެދުމަށެވެ.
އާޒިމް އެގޮތަށް ހުށަހެޅުއްވީ ޑަކުދިން ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ވިދާޅުވެ އެވެ.
އެ ހުށަހެޅުމަށް ހުރިހާ ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު, ކައުންސިލުން ނިންމީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ކަނޑައެޅިފައިވާ ވަގުތަށް ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތް ހެދުމަށެވެ.
އެކަން ކުރުމަށް ފުލުހުންނާ އެކު މަޝްވަރާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.