މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން
މެރިއޮޓް އިންޓަނޭޝަނަލްގެ މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 8 ރަށެއްގައި އޯޕަން ޑޭ އެއް ބާއްވަން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިވެރިކުރުވުމާއި، މަޢުލޫމާތައި ފަންނާބެހޭ ވުޒާރާގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވާ 8 ރަށަކީ:
- ކ. މާލެ
- ބ. އޭދަފުށި
- ޅ. ނައިފަރު
- ހދ. ކުޅުދުއްފުށި
- ހ. ދިއްދޫ
- ލ. ގަން
- އައްޑޫ ހިތަދޫ
- ފުވައްމުލަކު
މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް sh.mlesi.apprenticeship@marriott.com އަށް ވަނަވަރު މެއިލް ކުރުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
މި ޕްރޮގްރާމަކީ މަސައްކަތުގެ މާޙައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ޚާއްސަ ކުރެވިގެން ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ޢިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާޢީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ.