ޒުވާނުންގެ ހޮޅުއަށީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 25 ޖޫން 2025 10:01
ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމެއްގައި ބައިވެރިން މަޝްވަރާކުރަނީ.
ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމެއްގައި ބައިވެރިން މަޝްވަރާކުރަނީ.
ޚުލާސާ

"ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން" މައުޟޫއަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ.

"ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން" މައުޟޫއަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 އިން 10:00 އަށް ސޯޝަލް ސެންޓަރުގައި ކަމަށް ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ޙިއްސާކުރުމަށް ބާއްވާ ޕްރޮގްރާމެއް ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް 4000567އަށް ގުޅާލައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%