މ. އަތޮޅުގެ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
މ. އަތޮޅު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ އެ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެެވެ.
ރާބަނދިހުރާ އަކީ ތިން ހެކްޓަރުގެ ރަށެކެވެ.
މ. އަތޮޅު ކައުންސިލުން ބުނީ އެކަމުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަވަަނަ ދުވަހު ދުވަހުގެ 10:00 ގައި އެ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ ބީލަމުގައި ބައިވެރިވުމަށް 1000 ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު އެ ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުޞޫލުގެ މަތިން ކަމަށް ވެސް ކައުންސިލުން ބުންޏެެވެ.