ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވައިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
އެ ރަސްމިއްޔާތު ބޭއްވީ އިސްކަންދަރު ބިލްޑިންގަ އެވެ.
އެ ފުލުހުންނަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަބްދުލް ނާސިރު ޝަފީގު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހުސައިން ޝަރީފް އާއި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހުވައި ކޮށްފައި ވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. އެއީ އަންހެން 34 ފުލުހުންނާއި ފިރިހެން 99 ފުލުހުންނެވެ.
ފުލުހުން ބުނީ ހުވައި ކުރުމަށްފަހު އަލަށް ގުޅުނު ފުލުހުން ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވާ ކަމަށެވެ.