31 ފުލުހަކު އިންސްޕެކްޓާ ކޯސް ފުރިހަމަކޮށްފި

އަހްމަދު އީޒާން | 14 ގަޑިއިރު ކުރިން - 24 ޖޫން 2025 14:43
"އިންސްޕެކްޓާ ކޯސް 4" ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް
"އިންސްޕެކްޓާ ކޯސް 4" ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ޕޮލިސް
ޚުލާސާ

އިންސްޕެކްޓާ ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ނިޒާމް މުހައްމަދު.

ދިވެހި ފުލުހުންގެ އިންސްޕެކްޓާ ކޯސް 31 ފުލުހަކު ފުރިހަމަކޮށް އިއްޔެ ދަސްވެނިވެއްޖެ އެވެ.

ފުލުހުންގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނުދިނުމަށް ކުރިއަށް ގެންދިޔަ "އިންސްޕެކްޓާ ކޯސް" ހަތަރެއް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ އިސްކަންދަރު ބިލްޑިންގައި ވަނީ ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން ބުނީ އެ ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ނިޒާމް މުހައްމަދު ކަމަށެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ އެ ކޯހުގައި 25 ފިރިހެން ފުލުހުންނާއި ހަ އަންހެން ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކޯހުގެ ސަބަބުން މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ, ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި, ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިއްޖެ ކަމަށެވެ.

އެ ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑިވެލޮޕިން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް އާއި ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް އެ ކޯހުގައި ކިޔަވައިދިން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%