ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ

އަައިޝަތު ޒީނާ | 16 ގަޑިއިރު ކުރިން - 24 ޖޫން 2025 13:35
ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދުކުރުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދުކުރުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައި.

ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަަޒުން ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށް ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައިި ހިމެނެނީ ކީރިތި ޤުރުއާން ފަރިިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%