ކުޅިވަރަކީ ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އޮލިމްޕިކްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ހިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކްސް ދުވަހުގެ ތަހުނިޔާ ދަންނަވަާ ކަމަށެވެ.
"ކުޅިވަރަކީ، އެއްބައިވަންތަކަމާ، ގަދަ ހިތްވަރާ، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް," ރައީސް ވިދާޅުވި އެވެ.