ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އާ ސީޕީއާ ބައްދަލުކުރައްވައިފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 23 ޖޫން 2025 14:42
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އާ ސީޕީއާ ބައްދަލުކުރެއްވުން / ފޮޓޯ: ޕޮލިސް
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އާ ސީޕީއާ ބައްދަލުކުރެއްވުން / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ ދެ އިދާރާގެ މެދުގައި އެއްބާރުލުން އިތުރުކޮށް, ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން.

މޯލްޑިވްސްގެ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ، އާ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް އިއްޔެ ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގަ އެވެ.

ފުލުހުން މިއަދު ބުނީ އެ ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަސައްކަތުގެ މުހިންމު ދާއިރާތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ދިޔާނާގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒް އަދި ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%