ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދޭ "ޙާޖީ އެމްވީ" އެޕް އިފްތިތާހުކޮށްފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 22 ޖޫން 2025 20:28
ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދޭ "ޙާޖީ އެމްވީ" އެޕް އިފްތިތާހުކުރުމުގެ ތެރެއިން/ ފޮޓޯ: އިސްލާމީ ކަންތަކާ ބެހޭ ވުޒާރާ
ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދޭ "ޙާޖީ އެމްވީ" އެޕް އިފްތިތާހުކުރުމުގެ ތެރެއިން/ ފޮޓޯ: އިސްލާމީ ކަންތަކާ ބެހޭ ވުޒާރާ
ޚުލާސާ

ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯނުން ފަސޭހަކަމާއެކު ލިބިގަތުމަށާއި އެކުލަވާލާފައިވާ ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ޙާޖީ އެމްވީ" އެޕް މިއަދު އިފްތިތާޙްކޮށްފި.

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދިވެހި ހައްޖާޖީންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި، ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ "ޙާޖީ އެމްވީ" އެޕެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފިއެވެ. މި އެޕަކީ ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯނުން ފަސޭހަކަމާއެކު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި އެޕް ނެރެދެއްވަމުން ވިދާޅުވީ، "ޙާޖީ އެމްވީ" އެޕަކީ ހައްޖާއި އުމްރާއާ ބެހޭ މަޢުލޫމާތު ފަސޭހައިން ލިބިގަތުމަށް އެކުލަވާލެވިފައިވާ އެޕެއް ކަމަށެވެ. މި އެޕްގައި ޒިކުރުކުރުމާއި ތަވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތް، ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތައް، ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯތައް، އަދި މައްކާއާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯތައް ވެސް ބެލެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ އެޕްގެ ފުރަތަމަ ވާޝަންކަން ފާހަގަކުރައްވާ ވަޒީރު ޝަހީމް ވިދާޅުވީ، މި އެޕް އިތުރަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށާއި އަމާޒަކީ އެޕް މެދުވެރިކޮށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުން ހައްޖާޖީންނަށް ފަސޭހަވެގެން ދިޔުން ކަމަށެވެ.

"ޙާޖީ އެމްވީ" އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ އިތުބާރު ކުރެވޭ މައުލޫމާތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%