ފުލުހުން މާލޭގެ ގެއެެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭ ގެއެއް ބަަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ، މަންޒިލް، އަހްމަދު ސަމާހް، 38 އާއި، މ. ޑޭޒީ، މުހައްމަދު ޖުމައިލް، 35 އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަކެތި ފެނިފައިވާ ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 193.3 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އެ ދެ މީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހްމަދު ސަމާހް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި މުހްއްމަދު ޖުމައިލް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެތެރެއިން ސަމާޙް އަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮތް މީހެކެވެ.