އެކި މައްސަލަތަކުގައި ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކާ އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ހޯރަފުށީ ޕޮލިސް ސްޓޭޝަނުން، މި މަހުގެ 15 ވަނަ ދުވަހު ނައްތާލާފައި ވަނީ 194 ފުޅި ބަނގުރަލާއި 41 ދަޅު ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހޯރަފުށީ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.