Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސެޕްޓެމްބަރުގެ ނިޔަލަށް 4000 ފްލެޓަށް މީހުން ވަދެ ދިރިއުޅެން ފަށާނެ

ސެޕްޓެމްބަރުގެ ނިޔަލަށް 4000 ފްލެޓަށް މީހުން ވަދެ ދިރިއުޅެން ފަށާނެ

އާނާ ފަހީމް
389 ދުވަސް ކުރިން - 21 ޖޫން 2025 19:29
ރަސްމީ ފާލަމުގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު މުއްތަލިބް އެތަނުގައި / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ރަސްމީ ފާލަމުގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު މުއްތަލިބް އެތަނުގައި / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތުގެ ބާރު މިނާއި ފެންވަރާމެދު ސަރުކާރު ހިތްހަމަޖެހި މި ފްލެޓުތައް މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޙަވާލުކުރެވޭނެ.

މާލޭ ސަރަޙައްދުގައި ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތާއި ކޮލެޓީއާމެދު ސަރުކާރު ހިތްހަމަޖެހޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފްލެޓަކުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

މި ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދަނީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ. ޖުމްލަ 32 ޓަވަރަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ އަދި 3 ކޮޓަރީގެ ފްލެޓްތަކެވެ. މި 32 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭ.ޕީ.އައި.އެލް) އިންނެވެ. އެކުންފުނީގެ ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެން.ބީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީގެ ޓަވަރުތަކަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.

ފްލެޓުތަކާ ގުޅޭގޮތުން މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު މި ފްލެޓުތަކުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާކަމަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ފާއިތުވި މުއްދަތުގެ ތެރޭގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ޙަޤީޤަތުގައި އަޅުގަނޑުމެން ސަރުކާރާއި ޙަވާލުވީއިރުގައި މަސައްކަތް ހުރި މިންވަރާ ބަލާއިރުގައި ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްގޮސްފައި މިވަނީ. އެފްޑީސީއާ ކޮންޓްރެކްޓަރުންނާ ގުޅިގެން ވަރަށް ރަނގަޅަށް ބެލިގެން ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވިފައި މިވަނީ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ މަސައްކަތް ނިމެމުންދާ ސްޕީޑާއި އަދި ކޮލެޓީއާ ދޭތެރޭގައި." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ޑިޒައިންކޮށްފައިވާގޮތުން މަސައްކަތުގެ ސްކޯޕުގެ ތެރޭގައި މިތަންތަނަށް ބޭނުންވާ ފެނާއި ނަރުދަމާފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ހިމަނާފައެއްނުވެއެވެ. އެހެންކަމުން މިތަންތާނގައި މީހުން ދިރިއުޅެން ފަށަންވާއިރަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ވަކި މަޝްރޫޢެއްގެ ގޮތުގައި މިހާރު ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތް ކުރަނީ ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.

މި ފްލެޓްތަކުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތައް އެކުލަވާލާ ފްލެޓްތައް އެފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފެށުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ނޫންކަމަށެވެ. އޭގެ ބަދަލުގައި ޓަވަރުތަކަށް ޔޫޓިލިޓީ ކަނެކްޝަންތައް ގުޅައިދީ ނިމޭ މިންވަރަކުން ފްލެޓްތައް ޙަވާލުކުރުން ކުރިއަށްދާނެކަމަށެވެ. އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން، އެންމެ ލަސްވެގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މިހުރިހާ ފްލެޓްތަކެއް ޙަވާލުކޮށް އެތަންތަނުގައި މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރު ޙަވާލުވިއިރު މުޅި މަޝްރޫޢުގެ %33 މަސައްކަތް ފުރިހަމަވެފައިވީނަމަވެސް، ފާއިތުވި 18 ވަރަކަށް މަސްދުވަހުން ކުރެވުނު މަސައްކަތުން "އަމާން ދޯދި" ޓަވަރުތަކުގެ މަސައްކަތުގެ %96 އަދި "އަމާން އުދަރެސް" ޓަވަރުތަކުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބާކީ ކުރަން ހުރީ ޔޫޓިލިޓީ ޚިދުމަތްތަކުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުގެދޮރުވެރިޔާ ސްކީމްފްލެޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

53 ދުވަސް ކުރިން - 13:45

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

78 ދުވަސް ކުރިން - 13:14

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

80 ދުވަސް ކުރިން - 18:45

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

83 ދުވަސް ކުރިން - 17:01