ޓޫރިސްޓް ފެސިލިޓީތަކުގެ ރައްކާތެރިކަން ބެލުމުގެ ޕްރޮގްރާމް ބ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 18 ޖޫން 2025 16:30
ޓޫރިސްޓް ފެސިލިޓީތަކުގެ ރައްކާތެރިކަން ބެލުމުގެ ޕްރޮގްރާމް ބ. އަތޮޅުގެ ރަށެއްގައި ކުރިއަށް ގެންދަނީ. / ފޮޓޯ: ޕޮލިސް
ޓޫރިސްޓް ފެސިލިޓީތަކުގެ ރައްކާތެރިކަން ބެލުމުގެ ޕްރޮގްރާމް ބ. އަތޮޅުގެ ރަށެއްގައި ކުރިއަށް ގެންދަނީ. / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ ބ. އަތޮޅު ރަށްރަށުގައި ހުރި ޓޫރިސްޓް ފެސިލިޓީތަކުގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކަންކަން ހުރިގޮތް ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް.

ޓޫރިސްޓް ފެސިލިޓީތަކުގެ ރައްކާތެރިކަން ބެލުމަށްޓަކާ އިންސްޕެކްޝަން ޕްރޮގްރާމް ބ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންގޮސްފި އެވެ. 

ފުލުހުން ބުނީ ބ. އަތޮޅު ރަށްރަށުގައި ހުރި ޓޫރިސްޓް ފެސިލިޓީތަކުގެ ސޭފްޓީ އެންޑް ސެކިއުރިޓީ ކަންކަން ހުރިގޮތް ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ބ. އަތޮޅު ފުލުހުން ގުޅިގެން އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 16 އަދި 17 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމުގައި އެ އަތޮޅު ކަމަދޫ، ދަރަވަންދޫ، މާޅޮސް، ފުޅަދޫ އަދި ފެހެންދޫގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމުލަ 48 ގެސްޓް ހައުސްއަށް އިންސްޕެކްޝަން ޓީމް ޒިޔާރަތްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތް ބަލައި، ސަލާމަތާއި ރައްކާތެރިކަން ހުންނަންވާ މިންގަނޑަށް ނުފެތޭ ކަންކަން ފާހަގަކޮށް ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޕްރޮގްރާމުގެ ތެރެއިން، ކަމަދޫ އާއި ދަރަވަންދޫ ކައުންސިލާ ބައްދަލުކޮށް ޓޫރިޒަމާ ގުޅުންހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ރަށަށް އައިސް އުޅޭ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށާއި ކަމަދޫ މޫދަށް އެރޭ ސަރަހައްދުތަކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗު ބޯޑު ޖެހުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%