11 އަހަރު ފަހުން އައިކާއޯގެ އޮޑިޓް ރާއްޖޭގައި ފަށައިފި

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 17 ޖޫން 2025 08:42
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން އައިކާއޯގެ އޮޑިޓް ޓީމާ ބައްދަލުކުރެއްވުން.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން އައިކާއޯގެ އޮޑިޓް ޓީމާ ބައްދަލުކުރެއްވުން.
ޚުލާސާ

މި އޮޑިޓަކީ ޔުނިވަރސަލް ސޭފްޓީ އޯވަރސައިޓް އޯޑިޓް ޕްރޮގްރާމް - ކޮންޓިނުއަސް މޮނިޓަރިންގ އެޕްރޯޗް(ޔޫސޯޕް ސީއެމްއޭ) ގެ ދަށުން ކުރެވޭ އޮޑިޓެއް.

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ބަލައި ފާސްކުރުމަށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކުރާ އޮޑިޓް ފަށައިފިއެވެ.

އޮޑިޓް އަލުން ފެށިގެން މިދިޔައީ 11 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.

މި އޮޑިޓަކީ ޔުނިވަރސަލް ސޭފްޓީ އޯވަރސައިޓް އޯޑިޓް ޕްރޮގްރާމް - ކޮންޓިނުއަސް މޮނިޓަރިންގ އެޕްރޯޗް(ޔޫސޯޕް ސީއެމްއޭ) ގެ ދަށުން ކުރެވޭ އޮޑިޓެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުންޏެވެ.

މި އޮޑިޓާ ގުޅިގެން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ އައިކާއޯގެ އޮޑިޓް ޓީމާ ބައްދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންނަވާފައިވާ މުހިންމު އިސްލާހުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ޚާއްޞަކޮށް ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ އިސްކަންދޭ ދާއިރާއާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި އޮޑިޓުން ކުރީގެ އޮޑިޓަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުން ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އައިކާއޯގެ އޮޑިޓް ޓީމުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ހުރިތޯ ދިރާސާކުރާނެއެވެ. މި އޮޑިޓުން ލިބޭ ނަތީޖާއަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ އޮޑިޓެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%