އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރްއައިއެންއެން އިން ލައިވް ކޮށް ޚަބަރު ގެނެސްދެނިކޮށް އެ ޢިމާރާތަށް އިސްރާއީލުން މިސައިލް ހަމަލާ ދީފިއެވެ.
އިސްރާއީލުން އީރާނުގެ ޓީވީގެ މައި ޢިމާރާތަށް ޙަމަލާދިން އިރު އަންހެން ނޫސްވެރިޔާ ސަހަރު އިމާމީ ދިޔައީ ސުރުޚީތައް ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބާރު ގޮވުމެއްގެ އަޑު އިވުމަށްފަހު ސްޓޫޑިއޯ ތެރެއަށް މަތިން އެއްޗެހިތަކެއް ވެއްޓޭ މަންޒަރުތައް ފެނެއެވެ. އެއާއެކު ޚަބަރު ކިޔުން ހުއްޓާލައިފައި ސަހަރު އިމާމީ ދާއިރު، ސްޓޫޑިއޯ ތެރެއިން ބަޔަކު "الله أكبر" ކިޔާ އަޑުއިވެއެވެ. އޭގެފަހުން އަނެއްކާވެސް ސަހަރު އިމާމީ ޚަބަރާއިގެން ކުރިޔަށް ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއީލުން ވަނީ ބުރާސްފަތި ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް މިސައިލް ހަމަލާތައް ދޭން ފަށާފައެވެ. އެމީހުން ބުނަމުންދަނީ ޙަމަލާތައް ދެމުން އަންނަނީ ހަމައެކަނި އީރާނުގެ ހަމަލާގެ ގާބިލްކަން ބަލިކަށިކުރުމަށް ކަމަށާއި، އާންމުންނަށް ގެއްލުން ދިނުމަށް ނޫން ކަމަށް ބުނެއެވެ. ނަމަވެސް އައިރިންއަށް ލިބުނު ގެއްލުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން އިސްރާއީލަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.