ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ރާއްޖެއިން ބޭރުގައި ދުވަސްކޮޅަކު ހުންނެވި ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގެން އިދިކޮޅު އެމްޑީޕީގެ ފައްޔާޒް އިސްމާޢީލްގެ ފެކްޝަނާއި ބައްދަލުކުރައްވައިފިއެވެ.
ވެރިކަމުން ވެސް ދެއަހަރު ނުވަނީސް އިސްތިއުފާ ދެއްވުމަށްފަހު އަނެއްކާވެސް ވެރިކަމާއި ތޮޅެމުންދާ ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓެވެ. އެހެންނަމަވެސް އެ ޓިކެޓަށް ފަރިބަލަމުންދާ މީހުންހެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އޭނާގެ ފޮރިންމިނިސްޓަރާއި އަދި ނަޝީދުގެ ވެރިކަން ވެއްޓުމުން ދެން ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ޙަވާލުވި މިހާރުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދުވެސް ހިމެނޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
ނަޝީދުގެ ބައްދަލުވުމާއި ގުޅޭ ގޮތުން ތަފްސީލް ނުދެއްވި ކަމުގައި ވިޔަސް ފައްޔާޒް އިސްމާޢީލްގެ ފެކްޝަނުން ބުނީ ވަރަށް ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކޮށްލި ކަމަށާއި ޑިމޮކްރެޓިކާއި ނަޝީދު ވަނީ މެންދުރު ކާން ވެސް ދީފައި ކަމަށެވެ.
އެމްޑީޕީ މިހާރު އޮތީ ބައިބައިވެ ހަފުސްވެފައެވެ. އެންމެން އުޅެނީ ވެރިކަން ބޭނުންވެގެންނެވެ.