Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި

ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި

އަައިޝަތު ޒީނާ
394 ދުވަސް ކުރިން - 16 ޖޫން 2025 14:50
ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައި. / ފޮޓޯ: ފުލުހުން
ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައި. / ފޮޓޯ: ފުލުހުން
ޚުލާސާ

ފުލުހުން ބުނީ ހޯދާފައިވަނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެއް ކަމަށް.

ޅ. ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ އެތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައި ވަނީ މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ކަމަށެވެ.

ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ޖޫން 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ކުރަމުންދިޔަ މަސައްކަތުން ވަގަށްފައިވާ ތަކެތި ހޯދާފައިވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއްތަކެތި ފެނިފައިވަނީ ހިންނަވަރު ދޯނި އެހެލާ ސަރަޙައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި ދެންހުރި ތަކެތި ފެނިފައި ވަނީ އެރަށުގެ ފަޅު ގޯއްޗަކުން ކަމަށް ފުލުހުން ބުންޏެވެ.

އެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އިލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިންގ ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެކެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޅ. ހިންނަވަރުކުށްކުރުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

15 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

1 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

3 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

3 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

4 ދުވަސް ކުރިން - 01:44