މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:15 އާ ހަމައަށެވެ.
މެޓުން ބުނީ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
އުތުރުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ދެކުނުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިނުގައި 4 – 7 ފޫޓު އަދި ދެކުނުގައި ރާޅުގެ އުސްމިނުގައި 2 – 4 ފޫޓު ހުންނާނެ ކަމަށް މެޓުން ބުންޏެވެ.