އިޒްރޭލުގެ ތެޔޮ އުފައްދާ ކާރުޚަނާއަކަށް އީރާނުން ރޭ ފަތިހު ޙަމަލާދީ ގޮއްވާލައިފިއެވެ.
ތެހެރާނުން ބުނީ މި ޙަމަލާ ދީފައި ވަނީ ބެލަސްޓިކް މިސައިލަކުންނެވެ.
މިއަދު ހެނދުނު އިސްރާއީލު މީޑިއާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެ މީޑިއާއިން ބުނީ ހައިފާގައި ހުންނަ ބާޒާން ތެޔޮ ރިފައިނަރީއަށް އީރާނުން ރޭ ފަތިހު ވަރަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށާއި އަޔަންޑޯމް ސިސްޓަމަށް ވެސް އެ ހަމަލާ ނުހުއްޓުވުނެވެ.
މި ހަމަލާގެ ސަބަަބުން ތެޔޮ ހޮޅިތަކަށް ވެސް ގެއްލުންވެ، ޑައުންސްޓްރީމް ޕްރޮސެސިން ޔުނިޓްތައް ބަންދުކުރަން މަޖުބޫރުވި ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް ކޯރިފައިނަރީ ނުހުއްޓެއެވެ.
އީރާނުން މި ހަމަލާ ދީފައިވަނީ އެގައުމުގެ ނިއުކްލިއާ، އަސްކަރީ އާއި މަދަނީ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރެއިންނެވެ. މިއީ ޖެހިޖެހިގެން އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާތާ ހަތަރުވަނަ ދުވަހެވެ.
އީރާނުން ވަނީ ޖުމްލަ 270 އަށް ވުރެ ގިނަ މިސައިލް ފޮނުވާލައި، މުޅި އިސްރާއީލުގައި ބިރުވެރިކަމެއް އުފައްދާފައެވެ.
އިސްރާއީލުން ދިން ޙަމަލާތަކުގައި އީރާނުގެ މުހިންމު، އައިއާރުޖީސީގެ މަތީ ފެންވަރުގެ ޖާސޫސީ ފަރާތްތައް ވަނީ މަރާލާފައެވެ.