އިންޑިއާގެ މަޝްހޫރު ބިލިއަނަރު އަދި ފިލްމީތަރި ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު، 54، ކުޅަނދުރެއް ދިރުވާލެވިގެން މަރުވެއްޖެެވެ.
ޕޯލޯ ކުޅުމަށް ޝައުގުވެރިކަން ހުންނަ މަހުޖަނު މަރުވީ ކުއީން ކަޕްގެ ސެމީ ފައިނަލް މެޗުގައި އޭނާ ކުޅެނިކޮށް ކުއްލިޔަކަށް އަނގަޔަށް ވަން ކުޅަނދުރު ދިރުވައިލެވިގެން ހާޓްއެޓޭކެއް ޖެހުމުން، މިމަހުގެ 12 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެއެވެ.
ރާޖާ ހިންދުސްތާނީ އާއި ދިލްތޯ ޕާގަލްހޭ އަދި ބީވީ ނަމްބަރު 1 ފަދަ މަޝްހޫރު ފިލްމުތަކުގެ ބަޠަލާ ކަރިޝްމާ އާއި ސަންޖޭ ކައިވެނިކުރީ 2003 ވަނަ އަހަރު އެވެ. އެދެމީހުންނަށް ދެކުދިން ލިބިފައިވާއިރު އެ ކައިވެނި ރޫޅުނީ 2016 ވަނަ އަހަރުއެވެ.
އެއަށްފަހު އޭނާ އިތުރު ކައިވެންޏެއް ކުރިއެވެ. އެ ކައިވެންޏަށް 2018 ވަނަ އަހަރު ފިރިހެން ކުއްޖެއް ލިބިފައި ވެއެވެ.
އޭނާ މަރުވިއިރު މިލްކިއްޔާތުގައި 1.2 ބިލިއަން ޑޮލަރު ހުއްޓެވެ.