Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުލި ނުދައްކާ ފްލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި

ކުލި ނުދައްކާ ފްލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި

އަައިޝަތު ޒީނާ
360 ދުވަސް ކުރިން - 15 ޖޫން 2025 16:48
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތައް. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތައް. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެ ނޯޓިސް އަކީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް އެޗްޑޯސީން ބުނި.

ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިފަހުން ގެނައި ބަދަލަކާ އެކު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިސް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެ ނޯޓިސް އަކީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް އެޗްޑޯސީން ބުންޏެވެ.

ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނައެވެ. އަދި އެންމެ ފްލެޓަކުން އެކަނި ވެސް އެއް މިލިއަން ރުފިޔާގެ ކުލި ނުދައްކާ އެބަ އޮތެވެ.

Advertisement

Advertisement 1

އެޗްޑީސީން ހުޅުމާލޭގައި 8،511 ހައުސިންގ ޔުނިޓުތައް ބަލަހައްޓާއިރު، އޭގެ ތެރެއިން ޤަވާޢިދުން ކުލި ދައްކަނީ އެންމެ 3،219 ފްލެޓަކުންނެވެ އަދި 5،099 ފްލެޓަކުން ކުލި ނުދައްކައެވެ. އޭގެ ތެރޭގައި ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންވެސް ހިމެނެއެވެ.

ހުޅުމާލެއިން ދޭ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ޤަވާޢިދުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދައްކައިގެން އަތުލާފައެއް ނުވެއެވެ.

އެކި ހައުސިންގ މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ވެސް މި ސަރުކާރުން ކުޑަކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ. ހިޔާ ފުލެޓަށް މިހާރު ދައްކަންޖެހެނީ 5،000 ރުފިޔާއަށްވުރެ ކުޑަ ޢަދަދެކެވެ. އަދި ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކަށް ދައްކަން ޖެހެނީ 6،500 ރުފިޔާއެވެ.

އެޗްޑީސީ
Ad
Ad

ގުޅޭ ޚަބަރުތައް

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

6 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

22 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20

އެޗްޑީސީ އާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލާނެ ހިޔާވައްސެއް ގާއިމުކުރަނީ

35 ދުވަސް ކުރިން - 23:07

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%