Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަންހެނުންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އަންހެނުންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އާނާ ފަހީމް
397 ދުވަސް ކުރިން - 15 ޖޫން 2025 14:08
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ރައީސުލްޖުމްހޫރިއްޔާ އަދި މެޑަމް ސާޖިދާ/ ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގައި ރައީސުލްޖުމްހޫރިއްޔާ އަދި މެޑަމް ސާޖިދާ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ދޫކުރާ "ފަށާ މަދަދު" ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު އޮގަސްޓް މަހުގެ 31ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފި.

އަންހެނުންނަށް ޚާއްޞަކޮށްގެން ދޫކުރާ "ފަށާ މަދަދު" ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދޫކުރެވޭނެއެވެ. އެސްޑީއެފްސީން ބުނާ ގޮތުގައި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

"ފަށާ މަދަދު" ލޯނު ސްކީމްއަށް ޖުމްލަ 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ. އަދި މި ލޯނު ސްކީމްގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައެވެ.

Advertisement

Advertisement 1

މި ލޯނު ސްކީމްއަކީ އެސްޑީއެފްސީއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ސްކީމެކެވެ. މި ސްކީމްގެ މަޤްޞަދަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"ފަށާ މަދަދު" ލޯނު ސްކީމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމެވެ.

އެސްޑީއެފްސީން އިތުރަށް ހާމަކުރި ގޮތުގައި "ފަށާ މަދަދު" ލޯނަށް އެދުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 31 ވާ އާދީއްތަ ދުވަހެވެ.

އެސްޑީއެފްސީފަށާ މަދަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

43 ދުވަސް ކުރިން - 07:30

އެސްޑީއެފްސީގެ ނަން ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި

އެސްޑީއެފްސީގެ ނަން ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި

247 ދުވަސް ކުރިން - 20:34

ކޮންޓެންޓް ކްރިއޭޓަރުންނަށް ހަބޭސް ފުރުސަތެއް، 150,000ރ އާ ހަމަޔަށް ލޯނު ދެނީ!

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި

291 ދުވަސް ކުރިން - 13:04

އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކަން ނިންމައިފި

އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކަނީ

361 ދުވަސް ކުރިން - 22:12

އާރްޑީސީ ޗެއާޕާސަންގެ މަގާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

އާރްޑީސީންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

445 ދުވަސް ކުރިން - 10:17

އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

488 ދުވަސް ކުރިން - 14:13