Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާރްޑީސީ ޗެއާޕާސަންގެ މަގާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

އާރްޑީސީ ޗެއާޕާސަންގެ މަގާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

ހުސައިން އިސްމާއިލް
445 ދުވަސް ކުރިން - 28 އޭޕްރިލް 2025 10:17
މުހައްމަދު ޝާމީ އާދަމް: އާރްޑީސީ އާއި އެސްޑީއެފްސީގެ މަގާމުން ޝާމީ ވަކިކުރެއްވީ އިއްޔެ.
މުހައްމަދު ޝާމީ އާދަމް: އާރްޑީސީ އާއި އެސްޑީއެފްސީގެ މަގާމުން ޝާމީ ވަކިކުރެއްވީ އިއްޔެ.
ޚުލާސާ

ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ކުރޮން މަސައްކަތް ކުރެއްވި ޝާމީ، އެސްޑީއެފްސީގެ މަގާމުންނާއި އާރްޑީސީގެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ހާމައެއް ނުކުރޭ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަޤާމުންނާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް މުޙައްމަދު ޝާމީ އާދަމް އިއްޔެ ވަކިކޮށްފި ކަމަށް ޕަރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ނަމަވެސް، މި މަޤާމުތަކުން ޝާމީ ވަކިކުރި ސަބަބު ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މުޙައްމަދު ޝާމީ އާދަމަކީ ސަލާމަތާއި ރައްކާތެރިކަން، ސްކޫބާ ޑައިވިންގ، އުޅަނދުފަހަރު ހިންގުމާއި މެނޭޖްކުރުން، މަސްވެރިކަން މެނޭޖްކުރުން، ރިސްކް މެނޭޖްމަންޓް، އިންސާނީ ވަސީލަތްތައް ބެލެހެއްޓުން، ތަމްރީނު ދިނުމާއި ވިޔަފާރި ހިންގުން ފަދަ ދާއިރާތަކުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

Advertisement

Advertisement 1

ޝާމީގެ ކެރިއަރު ފެށުނީ 1991 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައެވެ. އޭނާ 2005 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފް ޓްރެއިނިންގ ކޮމާންޑްގައި މަސައްކަތްކުރައްވާ، ހެޑް އޮފް ޓްރެއިނިންގ ޑިޕާޓްމަންޓްގެ މަޤާމުން ވަކިވެވަޑައިގަތެވެ.

އޭގެފަހުން ޝާމީ ވަނީ އަލިފާނުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް ބަދަލުވެ، އެންޓިފަޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން ކުރައްވާފައެވެ. މީގެ އިތުރުން، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އަދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަމާއި، ހޮލިޑޭ އިން ރިސޯޓް ކަންޑޫމާގެ ރިސްކް އެންޑް މެރިން އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމު ވެސް އަދާކުރައްވާފައިވެއެވެ.

އާރްޑީސީއެސްޑީއެފްސީޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Ad
Ad

ގުޅޭ ޚަބަރުތައް

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

22 ދުވަސް ކުރިން - 23:52

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

23 ދުވަސް ކުރިން - 10:27

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

43 ދުވަސް ކުރިން - 07:30

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

77 ދުވަސް ކުރިން - 21:19

ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފި

ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފި

77 ދުވަސް ކުރިން - 20:06

ޕީސީބީގެ ރައީސް މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފި

ޕީސީބީގެ ރައީސް އަނަސް މަގާމުން އިސްތިއުފާ ދެއްވައިފި

77 ދުވަސް ކުރިން - 19:55

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%