Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮންޓެންޓް ކްރިއޭޓަރުންނަށް ހަބޭސް ފުރުސަތެއް، 150,000ރ އާ ހަމަޔަށް ލޯނު ދެނީ!

ކޮންޓެންޓް ކްރިއޭޓަރުންނަށް ހަބޭސް ފުރުސަތެއް، 150,000ރ އާ ހަމަޔަށް ލޯނު ދެނީ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން
291 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 13:04
އެސްޑީއެފްސީގެ ނަންބޯޑް: ކޮންޓެންޓް ކްރީއޭޓަރުންނަށް ހާއްސަކޮށް، 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެސްޑިއެފްސީން މިހާރު ވަނީ ހުޅުވާލާފައި: ފޮޓޯ/ އިންޓަނެޓް---
އެސްޑީއެފްސީގެ ނަންބޯޑް: ކޮންޓެންޓް ކްރީއޭޓަރުންނަށް ހާއްސަކޮށް، 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެސްޑިއެފްސީން މިހާރު ވަނީ ހުޅުވާލާފައި: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ރަހުނަކާ ނުލައި، 150,000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައި.

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރަން ނިންމި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން ހާމަކޮށް އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ)އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ.

މީގެ އިތުރުން، ރަހުނަކާ ނުލައި، 150,000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ. އެސްޑީއެފްސީން ބުނެފައިވާ ގޮތުގައި، މި ލޯނަކީ ފަސް އަހަރު ދުވަހުގެ ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނެކެވެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ހަ މަސް ދުވަސް ލިބޭނެކަމަށް ވެސް އެސްޑީއެފްސީން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށް މި ފަދަ ލޯނެއް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިކަމާ ގުޅިގެން އެމަނިކުފާނު މީގެކުރިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ލޯނުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށެވެ.

"މި ލޯން ސްކީމް ގެ މަޤްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން."--- ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްޑީއެފްސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ލޯނަށް އެދި ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

އެސްޑީއެފްސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

43 ދުވަސް ކުރިން - 07:30

އެސްޑީއެފްސީގެ ނަން ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި

އެސްޑީއެފްސީގެ ނަން ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި

247 ދުވަސް ކުރިން - 20:34

އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކަން ނިންމައިފި

އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކަނީ

361 ދުވަސް ކުރިން - 22:12

އަންހެނުންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ފަށާ މަދަދު" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

397 ދުވަސް ކުރިން - 14:08

އާރްޑީސީ ޗެއާޕާސަންގެ މަގާމުންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

އާރްޑީސީންނާއި އެސްޑީއެފްސީގެ ބޯޑުން ޝާމީ ވަކިކޮށްފި

445 ދުވަސް ކުރިން - 10:17

އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

488 ދުވަސް ކުރިން - 14:13