އެސްޓީއޯގެ ރަމަޟާން ބާޒާރު ޕްރޮމޯޝަން: އެއްލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

އާނާ ފަހީމް | 11 ގަޑިއިރު ކުރިން - 15 ޖޫން 2025 12:16
އެސްޓީއޯއިން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމު ލިބުނު ންސީބުވެރިޔާއާއި ވައުޗަރ ހަވާލުކުރުން/ ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމު ލިބުނު ންސީބުވެރިޔާއާއި ވައުޗަރ ހަވާލުކުރުން/ ފޮޓޯ: އެސްޓީއޯ
ޚުލާސާ

9 ޖަނަވަރީ އިން 30 މާރޗަށް އެސްޓީއޯއިން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފި.

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯއިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. މި އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ 12 ޖޫން 2025 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައެވެ.

މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު ފައިސާގެ އިނާމެކެވެ.

9 ޖަނަވަރީ 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށް މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި އިތުރު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއްގައި ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރތައްވެސް ވަނީ ދެވިފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި މި ޕްރޮމޯޝަނާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަނަކީ ރަމަޟާން މަހުގެ ޚާއްޞަ އަގުތަކާއެކު ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް އެސްޓީއޯއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%