Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުމާއި ގުޅިގެން ބޮއިންގ-787ގެ ހުރިހާ އުޅަނދެއް އިންޑިޔާއިން ތަޙްޤީޤުކުރަނީ

އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުމާއި ގުޅިގެން ބޮއިންގ-787ގެ ހުރިހާ އުޅަނދެއް އިންޑިޔާއިން ތަޙްޤީޤުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
406 ދުވަސް ކުރިން - 15 ޖޫން 2025 11:49
އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓެއްޓުން ސަރަހައްދު
އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓެއްޓުން ސަރަހައްދު
ޚުލާސާ

ބޮއިންގ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި 270 މީހުން މަރުވެފައިވާކަމަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައި. މައްސަލަ ތަޙްޤީޤުކުރަމުންދާއިރު، އެ މަރުކާގެ ހުރިހާ ބޯޓެއްވެސް އިންސްޕެކްޓް ކުރާނެ.

އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިޔާގެ ބޮއިންގ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާއި ގުޅިގެން، އެ ޤައުމުގައި ބޭނުންކުރާ ބޮއިންގ-787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ރާމް މޯހަން ނައިޑޫ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި، 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ އެއަރ އިންޑިޔާގެ މަތިންދާބޯޓު ވެއްޓުނީ އަޙްމަދްއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށެވެ. މި ހާދިސާގައި މިހާތަނަށް 270 މީހުން މަރުވެފައިވާކަމަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މިހާރު ކުރިޔަށްދާ ތަޙްޤީޤުގެ ތެރެއިން އިންޑިޔާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން އިއްޔެ ވަނީ، ޖެންއެކްސް އިންޖީނު އަޅާފައިވާ ބޮއިންގ 787-8/9 މަރުކާގެ މަތިންދާބޯޓުތަކުގެ އުދުއްސުމާއި އިންޖީނުގެ އިތުރު މެއިންޓެނަންސް ޗެކްތަކެއް ހެދުމަށް އެއަރ އިންޑިޔާއަށް އަންގާފައެގާފައެވެ. އިންޑިޔާގެ ފްލީޓުގައި 34 ބޮއިންގ-787 މަތިންދާބޯޓު ހިމެނެއެވެ.

Advertisement

Advertisement 1

ފުލައިޓް ވެއްޓުނު ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް އެއަރ އިންޑިޔާ އާއި ގުޅިގެން އިންޑިޔާ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިންޖީނާއި، ފިޔަގަނޑާއި އަދި ބޯޓު ނައްޓައިލިފަހުން ވެސް ލޭންޑިން ގިޔަރު ތިރިވެފައި އިން މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނޭއިރު، އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހެއް ހިމެނޭކަމަށް އެއަރ އިންޑިޔާއިން ބުނެފައިވެއެވެ. މި ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ.

އިންޑިއާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

4 ދުވަސް ކުރިން - 13:43

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

އިންޑިއާއިން ޓެލެގްރާމް މަނާކުރި ކުރުން ދަމަހައްޓަން އެ ގައުމުގެ ކޯޓުން ނިންމައިފި

36 ދުވަސް ކުރިން - 19:04

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

43 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

46 ދުވަސް ކުރިން - 12:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%