އިސްރާއީލުގެ ދެ ޖެޓް ވައްޓާލައި އަންހެން ޕައިލެޓެއް ހައްޔަރުކޮށްފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ބުނެފިއެވެ.
އައިއާރުޖީސީން ބުނީ އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ރައްކާކުރާ ތަންތަން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ތަނަކަށް ހަމަލާދިނުމަށް އިސްރާއީލުން 200 އަށް ވުރެ ގިނަ ހަނގުރާމަ މަތީ އުޅަނދު ފޮނުވާލުމަކީ ހަނގުރާމަ ފެށުން ކަމަށާއި، އެކަމުގެ ރައްދުގައި އީރާނުން އިސްރާއީލާއި ދިމާއަށް 100 އަށް ވުރެ ގިނަ ޑްރޯން އާއި ބެލިސްޓިކް މިސައިލް ފޮނުވައިލި ކަމަށާއި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.