ދިވެހި ޙައްޖުވެރިން އެނބުރި އަންނަން ފަށައިފި

އަހްމަދު އީޒާން | 19 ގަޑިއިރު ކުރިން - 13 ޖޫން 2025 18:56
ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފެށުން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފެށުން. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ފްލައިޓަކުން ކަމަށް.

ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށް ފަހު ދިވެހި ޙައްޖުވެރިން މިއަދު ރާއްޖެ އަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ފްލައިޓަކުން ކަމަށެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައީ މިއަދު މެންދުރު ފަހު އެވެ. ސަޢުދީ އެއާލައިންގެ އެ ފްލައިޓުން 230 މީހަކު ރާއްޖެ އައިސްފައިވެ އެވެ.

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ގްރޫޕް އަންނަނީ މި މަހު 16 ގައެވެ. އަދި ފަހު ގްރޫޕް އަންނާނީ މި މަހު 17 ގައެވެ.

މިފަހަރު ރާއްޖެއިން 1،000 މީހަކު ޙައްޖުގެ އަޅުކަން އަދާކުރަން ގޮސްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%