މަސްތުވާތަކެއްޗާއެކު ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 12 ޖޫން 2025 11:46
މަސްތުވާތަކެއްޗާއެކު ފުނަދޫއިން ހައްޔަރުކުރި ޢަބްދުﷲ މުޙައްމަދު ޙަބީބް. / ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއެކު ފުނަދޫއިން ހައްޔަރުކުރި ޢަބްދުﷲ މުޙައްމަދު ޙަބީބް. / ފޮޓޯ: ފުލުހުން
ޚުލާސާ

ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އޭނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނި.

މަސްތުވާތަކެއްޗާއެކު ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތާކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުނަދޫގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖް / މާލެ، ޢަބްދުﷲ މުޙައްމަދު ޙަބީބް (44އ) ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%