ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަނީ

އަައިޝަތު ޒީނާ | 8 ދުވަސް ކުރިން - 12 ޖޫން 2025 12:02
ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައެއްގައި ފުލުހުން ހޯދަން އިޢުލާނުކޮށްފައިވާ ޢާއިޝަތު މަލީހާ. / ފޮޓޯ: ފުލުހުން
ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައެއްގައި ފުލުހުން ހޯދަން އިޢުލާނުކޮށްފައިވާ ޢާއިޝަތު މަލީހާ. / ފޮޓޯ: ފުލުހުން
ޚުލާސާ

ފުލުހުން ބުނީ އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އެންގީކަމަށް.

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަޙުޤީޤު ކުރަމުންދާ، ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ހޯދަން އިއުލާނުކުރީ ހދ. މަކުނުދޫ/ ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ.

ފުލުހުން ބުނީ އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާނުކުރީ ކަމަށެވެ.

އަންނަ ހަފުތާގެ ބުދަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޞައްޙަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން މަކަރާއި ޙީލަތުން މުދަލާއި ކާ އެއްޗެހި ފަދަ އެއްޗެހި ހޯދުމަކީ މިހާރު ވަރަށް އާއްމު މައްސަލައެކެވެ. ދާދި ފަހުން ވެސް ވަނީ ކާ އެއްޗެހި އޯޑަރު ކުރުމަށް ޞައްޙަ ނޫން ސްލިޕްތަކެއް ބޭނުންކުރި މީހަކު ހައްޔަރުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%