ޑްރަގު ބޯޓުގެ މައްސަލަ: ދޫކޮށްލި އިންޑިއާ މީހުންގެ މައްސަލަ ހައިކޯޓަށް

އާނާ ފަހީމް | 1 ދުވަސް ކުރިން - 10 ޖޫން 2025 18:52
ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ "މުތާ ޑައިމަންޑް" ބޯޓުގެ ކްރޫއިން ހައްޔަރުކުރެވުނު 10 މީހުން. / ފޮޓޯ: ޕޮލިސް
ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ "މުތާ ޑައިމަންޑް" ބޯޓުގެ ކްރޫއިން ހައްޔަރުކުރެވުނު 10 މީހުން. / ފޮޓޯ: ޕޮލިސް
ޚުލާސާ

"މުތާ ޑައިމަންޑް" ބޯޓުގެ ކްރޫއިން ދޫކޮށްލި އިންޑިއާ 6 މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި. ބޯޓުގެ ކެޕްޓަން އަދިވެސް ހުރީ ބަންދުގައި.

ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ "މުތާ ޑައިމަންޑް" ބޯޓުގެ ކްރޫއިން ދޫކޮށްލި އިންޑިއާ 6 މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ބޯޓުގެ ކެޕްޓަން ފިޔަވައި އެހެން އެންމެން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދޫކޮށްލި މީހުންގެ ތެރެއިން އިންޑިއާ މީހުންގެ މައްސަލަ މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.

ބޯޓުގެ ކެޕްޓަނަކީ އިންޑޮނީޝިއާގެ 30 އަހަރުގެ ނަސްވަން އަދީލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމަށެވެ. ކެޕްޓަންގެ ބަންދަށް އިތުރު 30 ދުވަސް ވަނީ ޖަހާފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯއެވެ.

ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ނަސްވަންއަކީ ބޯޓުގެ ކެޕްޓަން ކަމަށްވުމުން ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާއެވެ. އެހެންނަމަވެސް ނަސްވަންގެ ދިފާއީ ވަކީލު ވަނީ ބޯޓުގެ ބައެއް ފަޅުވެރިން ދޫކޮށްލާފައިވާކަން ފާހަގަކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%