Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރަނީ

ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރަނީ

އައިޝަތު ރުވާ ރިފްޢަތު
366 ދުވަސް ކުރިން - 10 ޖޫން 2025 04:29
މާލެ މަގުމަތި/ ފޮޓޯ: ޚުލާސާ
މާލެ މަގުމަތި/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި އާ ނިޒާމުގެ ސަބަބުން ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވި، އުޅަނދުތަކާ އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރެވި، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވޭނެ

ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުންދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވެއެވެ. މިކަން ހައްލުކުރުމަށްޓަކައި އާރްއެފްއައިޑީ ނިޒާމު ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އާ ނިޒާމުގެ ސަބަބުން ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވި، އުޅަނދުތަކާއި އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރެވި، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވި، އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުވެ، އަދި ތަންފީޒީ އިދާރާތަކަށް މަސައްކަތް ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވެއެވެ. މީގެ ތެރެއިން 70 ޕަސެންޓަކީ ދެފުރޮޅުލީ އުޅަނދުތަކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "މާލެފަހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ވެސް ފަށާފައެވެ.

"މި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އަދި މި ނިޒާމު ތައާރަފްކުރުމުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން އިތުރުވެ، ތަންފީޒީ އިދާރާތަކަށް މަސައްކަތްތައް ފަސޭހަވެގެންދާނެ," ވަޒީރު އަމީން ވިދާޅުވިއެވެ.

މި ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާމިނިސްޓަރ މުހައްމަދު އަމީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

42 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

57 ދުވަސް ކުރިން - 19:25

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

70 ދުވަސް ކުރިން - 22:14

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

74 ދުވަސް ކުރިން - 22:11

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

ތިމާވެއްޓާރައްޓެހި އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ދެނީ

89 ދުވަސް ކުރިން - 14:01

ފ. އަދި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި

އާރްޓީއެލް ފެރީގެހިދުމަތް ފ. އަދި ދ. އަތޮޅަށް

113 ދުވަސް ކުރިން - 14:00