Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަގަށް އެތެރެކުރި ސިނގިރޭޓުތަކަކީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް ބުނެފި

ވަގަށް އެތެރެކުރި ސިނގިރޭޓުތަކަކީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް ބުނެފި

އަައިޝަތު ޒީނާ
411 ދުވަސް ކުރިން - 10 ޖޫން 2025 04:25
ޤަވާޢީދާ ޚިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުލް ކަރީމް (45އ). / ފޮޓޯ: ފުލުހުން
ޤަވާޢީދާ ޚިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުލް ކަރީމް (45އ). / ފޮޓޯ: ފުލުހުން
ޚުލާސާ

އެ ސިނގިރޭޓު ކާޓަންތަކަކީ އޭނާގެ ރައްޓެއްސަކު ގުޅާފައި ހަވާލުކުރި އެއްޗެއްކަމަށް ކޯޓުގައި ބުނި ނަމަވެސް އެ ރައްޓެހި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ދެވިފައެއް ނުވޭ.

ޤަވާޢީދާއި ޚިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ އަތުން ފެނުނު އެ ސިނގިރޭޓު ކާޓަންތަކަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ބުނެފިއެވެ.

އެ މައްސަލައިގައި މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަބްދުލް ކަރީމް (45އ) އެވެ. އޭރު އޭނާ ހައްޔަރުކުރުމަށް ފަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެ މުއްދަތު ހަމަވިއިރު ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަނެއްކާވެސް 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެ ސިނގިރޭޓު ކާޓަންތަކަކީ އޭނާގެ ރައްޓެއްސަކު ގުޅާފައި ހަވާލުކުރި އެއްޗެއް ކަމަށް ކޯޓުގައި އިއްޔެ އޭނާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ސިނގިރޭޓުތައް ހަވާލުކުރި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބުނެދެވިފައި ނުވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ފުލުހުން ކުރިން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ކަރީމް އަކީ ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަންވެސް ތަޙުޤީޤަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

8 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28