ލައިބާގެ ކާމިޔާބީއަކީ ޤައުމަށް ލިބުނު ބޮޑު ފަޚުރެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 14 ދުވަސް ކުރިން - 9 ޖޫން 2025 08:32
އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުން ޖުމްލަ 3 ރަން މެޑަލް ލައިބާ ހާސިލްކުރުން
އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުން ޖުމްލަ 3 ރަން މެޑަލް ލައިބާ ހާސިލްކުރުން
ޚުލާސާ

ރައީސް މުއިއްޒު ވަނީ ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ލައިބާއަށް ހިތްވަރު ދެއްވާފައި.

އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ދިވެހި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ބޭއްވުނު އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުން ޖުމްލަ 3 ރަން މެޑަލް ހާސިލްކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް" ކަމަށެވެ.

އަދި ރައީސް މުއިއްޒު ވަނީ ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ލައިބާއަށް ހިތްވަރު ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%