Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

22،000 ރުފިޔާގެ މުސާރައަށް ފުލުހުން ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ

22،000 ރުފިޔާގެ މުސާރައަށް ފުލުހުން ސެކިއުރިޓީ އެނަލިސްޓުން ހޯދަނީ

އަައިޝަތު ޒީނާ
467 ދުވަސް ކުރިން - 8 ޖޫން 2025 17:54
ފުލުހުންގެ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ފުލުހުންގެ ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން ބުނީ އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަނި ކަމަށް.

ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް ސެކިއުރިޓީ އެނަލިސްޓުން ހޯދަން އިޢުލާނުކޮށްފިއެވެ.

ފުލުހުން އިޢުލާނުކޮށްފައިވަނީ ޓެކްނިކަލް ސަޕޯޓް އޮފިސަރު (ސެކިއުރިޓީ އެނަލިސްޓް) މަޤާމަށް 4 މީހަކު ހޯދުމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއް ކަމުގައިވުމާއެކު، މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވާން ޖެހޭނެއެވެ.

Advertisement

Advertisement 1

އިތުރު ޝަރުތުތަކުގެ ތެރޭގައި:

  1. ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 07 ނުވަތަ 08ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 05 ނުވަތަ 06ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.
  4. ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މަހު މުސާރައިގެ ގޮތުގައި ޖުމުލަ 22،000 އެއްހާ ރުފިޔާ ލިބޭނެއެވެ.

މުސާރައިގެ ތަފްސީލު:

  1. އަސާސީ މުސާރަ: -/7،000 ރުފިޔާ
  2. ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ
  3. ނޮން-ޕްރެކްޓިސް އެލަވަންސް: -/2،450 ރުފިޔާ (އަސާސީ މުސާރައިގެ %35)
  4. އިތުރު ގަޑީގެ ގޮތުގައި މަހަކު: -/4،200 ރުފިޔާ (އަސާސީ މުސާރައިގެ %60)
  5. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/1،050 ރުފިޔާ (އަސާސީ މުސާރައިގެ 15 އިންސައްތަ)
  6. ފުޑް އެލަވަންސް ދުވާލަކަށް -/160 ރުފިޔާ
  7. ބޭސްފަރުވާ ކުރުން

މި މަގާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމަކީވެސް މި މަޤާމަށް ހޮވުމުގެ ޝަރުތެއް ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މި މަހުގެ 16 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާތިލުވާނެ ކަމަށެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

1 ދުވަސް ކުރިން - 17:20

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

ތިން އަހަރު ތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފި: އިހުސާން

2 ދުވަސް ކުރިން - 15:17

ގަލޮޅު ހުވަފެނީ ގޯޅީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ގަލޮޅުގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

2 ދުވަސް ކުރިން - 12:28

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

6 ދުވަސް ކުރިން - 21:50

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

8 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

11 ދުވަސް ކުރިން - 16:22