Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

އާނާ ފަހީމް
458 ދުވަސް ކުރިން - 7 ޖޫން 2025 21:20
ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔުން/ ފޮޓޯ: އެމްއެމްޕީއާރްސީ
ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔުން/ ފޮޓޯ: އެމްއެމްޕީއާރްސީ
ޚުލާސާ

މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރަށް މިއަހަރުވެ ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް އެއަރޕޯޓުގައި ހޫނު މަރުހަބާއެއް ކިޔައިފި.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރުގެ ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ.

1 މިލިއަންވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރީ އިންޑިއާގެ ކާޖަލް ސިންގެވެ. އޭނާ ވަނީ އިންޑިގޯ ފްލައިޓަކުން އޭނާގެ ބައިވެރިޔާއާއެކު މަލަހިނި ކުޑަބަޑޮސް ރިސޯޓުގައި ހަނީމޫން ހޭދަކުރުމަށް ރާއްޖެއަށް އައިސްފައެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުޙަބާ ދަންނަވާފައެވެ. މި ރަސްމިއްޔާތު އިންތިޒާމުކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެންނެވެ.

Advertisement

Advertisement 1

މި ކާމިޔާބީ ފާހަގަކުރައްވަމުން ވަޒީރު ޠާރިޤް ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިވެހީންގެ މެހުމާންދާރީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ ހެއްކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް ވަނީ މި ކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި 1 މިލިއަންވަނަ ފަތުރުވެރިޔާ ކާޖަލް ސިންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ "ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ދަޢުވަތު ދީފައިވެއެވެ.

އެމްއެމްޕީއާރުސީ(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމްފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46