ރައީސް، ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދާއި ބައްދަލުކުރައްވައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 7 ޖޫން 2025 21:12
ރައީސް ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދާއި ބައްދަލުކުރެއްވުން/ ފޮޓޯ: ސައުދީ ޕްރެސް
ރައީސް ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދާއި ބައްދަލުކުރެއްވުން/ ފޮޓޯ: ސައުދީ ޕްރެސް
ޚުލާސާ

ރައީސް، ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މިއަދު މިނާ ގަނޑުވަރުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދު އަދި ބޮޑުވަޒީރު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ އިސްވެރިން ޢީދުލްއަޟްޙާގެ ހެޔޮ އެދުންތައް ބަދަލުކުރެއްވިއެވެ.

ސަޢުދީ ޕްރެސް އެޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކާއި، އިތުރަށް އެއްބާރުލުން ކުރިއެރުވުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން އޮންނަ ދެ ޤައުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%