ފަޔަރ ވެހިކަލް ހަލާކުވުމުން ށ. ފުނަދޫ އެއާޕޯޓަށް ކުރާ ދަތުރުތައް މިއަދު މެދުކަނޑާލައިފި އެވެ.
ފުނަދޫ އެއާޕޯޓް ހިންގާ މޯލްޑިވިއަން ބުނީ ދަތުރުތައް މެދުކަނޑާލީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުވީހާ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.
ފުނަދޫ އެއާޕޯޓަށް މިހާރު ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ.
ފުނަދޫން ފުރަން ޓިކެޓް ގަތް މީހުންނަށް ކަނޑުމަގުން މާފަރަށް ދެވޭނެ އިންތިޒާމު ވެސް މޯލްޑިވިއަނުން ހަމަޖައްސައިދިނެވެ.
މޯލްޑިވިއަން އިން ކޮންމެ ހަފުތާއަކު ތިން ދަތުރު ފުނަދުއަށް ކުރެ އެވެ. އެއީ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު އަދި ބުރާސްފަތި ދުވަހު އެވެ.