ހޯމައިން ފެށިގެން ފަސްދުވަހަށް މޫސުން ގޯސްވާނެ: މެޓް

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 7 ޖޫން 2025 20:00
ވިއްސާރާގައި މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: ޚުލާސާ
ވިއްސާރާގައި މާލޭގައި ފެންބޮޑުވެފައި / ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް.

މި އަންނަ ހޯމަ ދުވަހުން ފެށިގެން ފަސްދުވަހަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ.

އެ ދުވަސްތަކުގައި ވައި ގަދަވެ، ކަނޑު ގަދަވެ، ވަރަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ އެ ދުވަސްތަކުގައި ވައިޖެހޭނީ އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%