އެކަތި ބޮޑުބެރުގެ ފޯރިގަދަ "އީދު ގޮމާ" ލަވަ ނެރެފި

އައިޝަތު ރުވާ ރިފްޢަތު | 118 ދުވަސް ކުރިން - 4 ޖޫން 2025 23:45
"އީދު ގޮމާ" ލަވަ
"އީދު ގޮމާ" ލަވަ
ޚުލާސާ

މި ލަވައިގައި ދިވެހި ޘަޤާފީ ޙަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެބައެއް ރަށްރަށުގައި ދަފި ލުމުގެ ޘަޤާފަތް އޮންނަ ގޮތް ދައްކުވައިދީފައިވޭ.

އެކަތި ބޮޑުބެރުގުރޫޕުން ކުރިއަށް އޮތް ބޮޑުއީދާ ދިމާކޮށް "އީދު ގޮމާ" ގެ ނަމުގައިއަމިއްލަ ވީޑިއޯ ލަވައެއް މިއަދު ނެރެފިއެވެ. މި ލަވައަކީ އެގުރޫޕުން ނެރުމަށް ރާވާފައިވާ 231 އަލްބަމްގެ ލަވައެކެވެ.

މި ލަވައިގެ ލީޑް ރޯލުގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒައާއި އެކަތި ބޮޑުބެރު ގުރޫޕުގެލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ. މި ލަވައިގައި ދިވެހި ޘަޤާފީ ޙަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ދަފި ލުމުގެ ޘަޤާފަތް އޮންނަ ގޮތް ދައްކުވައިދީފައިވެއެވެ.

ބ. ކިހާދޫގައި ޝޫޓުކޮށްފައިވާ މި ލަވައިގެ ނެށުމުގެ ބައިތަކުގައި އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެއެވެ. މި ލަވައިގެ ޓްރެއިލާއަށް ލިބުނު ތަރުހީބު ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ތިން ދުވަސްކުރިން ނެރުނު ޓްރެއިލާއަށް 250,000 އަށްވުރެ ގިނަމީހުން ބަލާފައިވާކަން ފާހަގަކުރެވެއެވެ.

"އީދާއި ގުޅުވައިގެން މި ފަހަރު މިނެރޭ ލަވައަކީ ވެސް ގިނަބަޔަކަށް ކަމުދާނެ، ކާމިޔާބު ލަވައަކަށް ވާނެ ކަމަށް އުއްމީދުކުރަން،" އެކަތި ބޮޑުބެރު ގުރޫޕުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%