މީޑީއާ ކައުންސިލްގެ އިންތިޚާބު މި މަހު 21 ގައި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 4 ޖޫން 2025 23:49
މިދިޔަ އަހަރު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިޚާބެއް.
މިދިޔަ އަހަރު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިޚާބެއް.
ޚުލާސާ

މީޑިއާ ކައުންސިލްގައި ހުސްކޮށް ތިން މަޤާމެއް އޮތް އިރު، އެއީ މީޑިއާތައް ތަމްސީލްކުރާ ދެ މަޤާމަކާއި އާންމުން ތަމްސީލްކުރާ މެންބަރެއްގެ މަޤާމެއް.

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހުސްވެފައިވާ މެންބަރުންގެ އިންތިހާބު މި މަހު 21ގައި ބޭއްވުމަށް ނިންމައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ޖިމްނޭޒިއަމް ރޫމުގައި ކަމަށެވެ.

މީޑިއާ ކައުންސިލްގައި ހުސްކޮށް ތިން މަޤާމެއް އޮތް އިރު، އެއީ މީޑިއާތައް ތަމްސީލްކުރާ ދެ މަޤާމަކާއި އާންމުން ތަމްސީލްކުރާ މެންބަރެއްގެ މަޤާމެކެވެ.

މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ތިން ނޫސްވެރިންނަކީ:

  1. މުހައްމަދު މުޒައްޔިން ނާޒިމް، ޗޮއިސް، ގއ. ވިލިނގިލި (ދައުރުގެ ސީނިއާ ރިޕޯޓަރެއް)
  2. ލީވާން އަލީ ނަސީރު، ހާޒާރުމާގެ، ސ. ފޭދޫ (އަދަދުގެ ނޫސްވެރިއެއް)
  3. މަރިޔަމް މިލްޒަމް މަސްއޫދު، ތްރީރޯޒް، ސ. މަރަދޫފޭދޫ (އެމްއެމްޓީވީގެ ނޫސްވެރިއެއް)

އާންމުން ތަމްސީލްކުރާ މެންބަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ 6 ބޭފުޅުންނަކީ:

  1. ނަހުދާ އާދަމް، ލިލަކް، ހދ. ވައިކަރަދޫ
  2. އަބްދުއްސަލާމް އާރިފް، އީޓުޖެހިގެ، ނ. މާފަރު
  3. އާމިނަތު މުހައްމަދު، ގުލްފާމްގެ، ގއ. ދެއްވަދޫ
  4. ޒީނިޔާ އަހުމަދު ހަމީދު، މ. ކްރިބީލޮޖް
  5. ހައްވާ ވަޖުދާ، ތުނޑި ލިންކް، ލ. ގަން
  6. މުހައްމަދު އަމީން އަލީ، ބޮންތި، ގއ. ގެމަނަފުށި

ވޯޓުލުން ކުރިއަށްދާނީ އެއް ގަޑިއިރުގެ ވަގުތަކަށް، އެ ދުވަހުގެ ހެނދުނު 9 ޖަހާއިރުން ފެށިގެން 10 ޖަހަންދެން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%