ޢީދާއި ދިމާކޮށް މޯލްޑިވިއަން އިން ފްލައިޓުތައް އިތުރުކޮށްފި

އަައިޝަތު ޒީނާ | 10 ދުވަސް ކުރިން - 4 ޖޫން 2025 23:17
މޯލްޑިވިއަން އިން ބުނީ މިމަހު 15 ގެ ނިޔަލަށް ފްލައިޓުތައް އިތުރުކޮށްފައިވާ ކަމަށް. / ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަން އިން ބުނީ މިމަހު 15 ގެ ނިޔަލަށް ފްލައިޓުތައް އިތުރުކޮށްފައިވާ ކަމަށް. / ފޮޓޯ: މޯލްޑިވިއަން
ޚުލާސާ

މޯލްޑިވިއަން އިން ފްލައިޓުތައް އިތުރުކޮށްފައިވަނީ އެތެރޭގެ އުދުހުންތަކުގަ. އެގޮތުން 111 ދަތުރު އަތޮޅުތަކަށް ކުރުމަށް ނިންމާފައިވޭ.

ކުރިއަށް އޮތް އަޟްޙާ ޢީދާއި ދިމާކޮށް، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަން އިން ފްލައިޓުތައް އިތުރުކޮށްފައިވަނީ އެތެރޭގެ އުދުހުންތަކުގެއެވެ. އެގޮތުން 111 ދަތުރު އަތޮޅުތަކަށް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ މިހާރުވެސް އެ ފްލައިޓުތަކުގެ ދަތުރުތައް ކުރަމުން އަންނަ ކަމަށާއި، މި މަހުގެ 1 އިން ފެށިގެން 15ގެ ނިޔަލަށް ޖުމުލަ 111 ދަތުރު އިތުރަށް ކުރާނެ ކަމަށެވެ.

އެންމެ ގިނައިން ފްލައިޓު އިތުރުކޮށްފައިވަނީ ކައްދޫއަށެވެ.

އީދު ބަންދާއި ސްކޫލް ބަންދު ފަދަ ދުވަސްތަކަކީ ގިނަ ދިވެހިންތަކެއް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދުވަސްކޮޅެއް ކަމުން، އެފަދަ ދުވަސްތަކާއި ދިމާކޮށް މޯލްޑިވިއަން އިން އަބަދުވެސް ފްލައިޓުތައް އިތުރުކުރާކަން ފާހަގަކުރެވެއެވެ.

މިފަހަރުގެ އަޟްޙާ ޢީދު ދުވަސް ވަނީ ޖޫން 6 ވާ ހުކުރު ދުވަހަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%