އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 4 ޖޫން 2025 13:36
މާލެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވަނީ / ފޮޓޯ: ޚުލާސާ
މާލެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

ސިޓީ ކައުންސިލުން ބުނީ މި އެންގުމާއި ޚިލާފުވާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ބޮޑު އީދު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މިއަދު މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކޮންމެ އަހަރެއްގެ ވެސް ކުޑަ އީދާއި ބޮޑު އީދު ދުވަހު އަމަލުކުރަމުން އަންނަ އުސޫލުން އެ ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރީ ވެހިކަލް ދުއްވުން މަނާކުރަން މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން އަންނަ ހުކުރު ދުވަހު ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި އެންގުމާ ޚިލާފުވާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަށް ވަނީ އަންނަ ހުކުރު ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%