Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ 16.5 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ 16.5 ބިލިއަން ރުފިޔާއަށް އަރައިފި

އަހްމަދު އީޒާން
462 ދުވަސް ކުރިން - 4 ޖޫން 2025 13:45
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި, މި އަހަރުގެ މެއި 29 ވަނަ ދުވަހުގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބިފައިވޭ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިދިޔަ މަހުގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާއި އަޅައިބަލާއިރު 7.6 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި, މި އަހަރުގެ މެއި 29 ވަނަ ދުވަހުގެ ނިޔަލަށް 16.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 7.6 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ރިޕޯޓުގައި ބުނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 13.0 ބިލިއަން ރުފިޔާ ކަމަށެވެ.

Advertisement

Advertisement 1

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ 78.4 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 14.8 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 49.8 ޕަސެންޓް އިތުރުވެފައިވެ އެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 8.3 ޕަސެންޓް އިތުރުވެފައިވާތީ އެވެ. އެ އިތުރުވުމާއި އެކު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 5.2 ޕަސެންޓް އިތުރުވެފަ އެވެ.

ދައުލަތުގެ އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ 47.1 ޕަސެންޓަށް އިތުރުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރު ދައުލަތަށް ލިބޭ ނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 41.6 ޕަސެންޓް، މިދިޔަ މަހުގެ 29 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ހަރަދުގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 31.1 ޕަސެންޓެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުގައި, މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ, މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 16.3 ޕަސެންޓް ދަށް އަދަދެކެވެ. ދައުލަތުގެ ރިކަރަންޓް ހަރަދު 2.0 ޕަސެންޓް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 ޕަސެންޓް ދަށްވެފަ އެވެ.

ބަޖެޓްބަޖެޓް 2025ފިނޭންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

8 ދުވަސް ކުރިން - 19:00

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

22 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

23 ދުވަސް ކުރިން - 13:11

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

38 ދުވަސް ކުރިން - 16:07

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

53 ދުވަސް ކުރިން - 18:28

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

55 ދުވަސް ކުރިން - 10:27