ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދެކުނު ކޮރެޔާގެ އަލަށް އިންތިޚާބުވި ރައީސް ލީ ޗޭއި-މައިޔޮންގްއަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކަމަށެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، ދެކުނު ކޮރެޔާގެ އިންތިޚާބުގެ ނަތީޖާއަކީ އެ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓުމަށް އިންތިޚާބީ ރައީސް ލީގެ ތަޞައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދޭ ކަމެއް ކައް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އިންތިޚާބީ ރައީސްގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށްވެސް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.