ދެކުނު ކޮރެއާގެ އަންޖުން އިންޑަސްޓްރިއަލްގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން ޙަރަކާތްތެރި ވަނީ

ދެކުނު ކޮރެއާގައި ކާރުގެ ބައިތައް އުފައްދާ ފެކްޓަރީ އެއްގައި އަލުފާން ރޯވެ ބޮޑެތި ގޮވުންތަކެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާ އެއްގައި 14 މީހުން މަރުވެ 60 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އަލިފާން ރޯވެފައިވަނީ ހެވީ ވެހިކަލްތަކުގެ އިންޖީނުގެ ބައިތައް ވެސް ފޯރުކޮށްދޭ އަންޖުން އިންޑަސްޓްރިއަލް ޕްލާންޓުގަައެވެ. މިއީ 170 މުވައްޒަފުން މަސައްކަތް ކުރާ ތިންބުރީގެ ޢިމާރާތެކެވެ.

މަރުވެފައިވާ އެންމެންގެ ވެސް ހަށިގަނޑުގަތައް ފެނުނީ މަތީބުރިން ކަމަށާއި ގިނަ ހަށިތައް ހުރީ އަނދާ ހުލިވެފައި ކަމަށް ވެއެވެ.